Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

މަސް ހިފަން ނިކުތް މީހަކު ގެއްލިގެން ހޯދަނީ

‎ގދ. މަޑަވެލީގައި މަސް ހިފުމަށް މިއަދު މެންދުރު ދިޔަ މީހެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

‎ގެއްލިގެން ހޯދަމުން ދަނި އުމުރުން 72 އަހަރުގެ ގަމަރީ މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ވަނީ ކައުންސިލަށް އެކަން އަންގާފައެވެ. މަޑަވެލި ކައުންސިލުން ވަނީ އޭނާ ގެއްލިގެން އުޅޭ ކަމުގެ ހަބަރު ފުލުހުންނާއި އެމްއެންޑީއެފްއަށް އަންގާފައެވެ. މަޑަވެލި ކައުންސިލުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ އެމީހާ މިއަދު މެންދުރުފަހު މަސް ހިފަން ދިޔަ ގޮތަށް ހަބަރެއް ނުވާ ކަމަށެވެ.

‎އޭނާ ހޯދުމަށް އެރަށު ރައްޔިތުން ނިކުމެ މިހާރުވެސް ދަނީ ކުރަމުންނެވެ.

‎ފުލުހުން ބުނީ އެމީހާ ގެއްލިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސަކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

‎ފުލުހުން ބުނީ އެމީހާ މަސް ހިފަން ނިކުތީ މަޑަވެލި ފަރުމައްޗަށް ކަމަށާއި މަސް ހިފަން ނިކުތީ އެކަނި ކަމަށެވެ. މަސް ހިފުމަށްޓަކައި ދަލެއް އޭނާ ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.