Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ދިޔަރެސް ނޫހުން ލިޔުނު ހަބަރަކީ ފެނަކައިގެ އަގު ވައްޓާލަން ލިޔުނު ހަބަރެއް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދު މުހައްމަދު، ފޮޓޯ: ރާއްޖެއެމްވީ

ދިޔަރެސް ނޫހުން ލިޔުނު ހަބަރެއްކަމަށްވާ "ފެނަކައިގެ ކޮރަޕްޝަން މައްސަލައެއް އޭސީސީ ގައި ފައިލްކޮށްފި" މި ލިޔުމަކީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ، އަދި ކުންފުނީގެ އަގު ވެއްޓޭގޮތަށް ލިޔެފައިވާ ލިޔުމެއްކަމަށް ފެނަކައިން ބުނެފި އެވެ.

މިމަހުގެ 26 ވަނަ ދުވަހު ލިޔުނު މި ލިޔުމާއި ގުޅިގެން، ފެނަކައިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އޮންލައިން ނޫސް، "ދިޔަރެސް" އިން އެ ކުންފުނީގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާކަމަށް ބުނެ ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވޭ ލިޔުމެއް ނޫން ކަމަށެވެ. އަދި އެލިޔުމަކީ ކަން ހިނގާފައިވާ ގޮތް ސާފުކުރުމެއްނެތި، ހެޔޮނިޔަތުން އެއްކިބާވެ ލިޔެފައިވާ ލިޔުމެއް ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ. ފެނެކައިން ބުނީ އެލިޔުމަކީ ޒިންމާދާރު ނޫސްވެރިކަމުގެ މިންގަނޑުތަކުން ބޭރުވެ، ކުންފުންޏާ މެދު ރައްޔިޔުންގެ މެދުގައި އިތުބާރު ގެއްލުވާލައި، ކުންފުނީގެ ނަން ކިލަނބުކޮށް، ކުންފުނީގެ ވެރިންނާއި ޒިންމާދާރު މުވައްޒަފުންގެ އަގު ވައްޓާލައި އަބުރު ކަތިލުމަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

ފެނަކައިން ބުނީ ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުންފުނިން ކުރާ ކޮންމެކަމެއްވެސް ކުރަމުންދާނީ ހާމަކަން ބޮޑުގޮތެއްގައި ދެފުށް ފެންނާނެހެން ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތުގައި ކަމަށް ހުރިހާ ފަރާތްތަކަށް ޔަގީންކަން އަރުވާ ކަމަށެވެ. އަދި ކުންފުނިން ދޭ ޚިދުމަތްތަކާ ގުޅިގެން އެއްވެސް މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް ކުންފުނިން މަރުޙަބާ ކިޔާނެ ވާހަކަވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. ދިދ