Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ވައިގަދަވެ ސިފްކޯ ފްލެޓުގެ ދަގަނޑު ސްޓްރަކްޗާ ވެއްޓިއްޖެ

އެމްއެންޑީއެފް ފްލެޓުގެ ދަގަނޑު ސްޓްރަކްޗާ ބިމާ ހަމަވެފައި -- ފޮޓޯ / އެމްވީ ކްރައިސަސް

ގަދަ ވަޔާއި އެކު ހުޅުމާލޭގައި އަޅަން ފަށާފައި ހުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފްލެޓު ބޭރުގައި ޖަހާފައި ހުރި ދަގަނޑު ސްޓްރަކްޗާ އެއްކޮށް ބިމާ ހަމަވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ސިފްކޯ ޓަވަރު ބީގެ މަގުމަތީ ފަޅީގެ އިމާރާތުގެ ބިއްގަނޑު ވެއްޓިގެން އުޅޭ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ސްޓްރަކްޗާ ވެއްޓުނީ ހުޅުމާލެއަށް މިރޭ ގަދައަށް ވައިޖެހުނު ވަގުތު ކަމަށް މަންޒަރު ދުށް މީހުން މައުލޫމާތު ދީފައިވެ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ. މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދައްކާ ގޮތުގައި ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވަނީ ވައިޓު އެލާޓު ނެރެފައެވެ.