Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

މަސް ހިފަން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. މަޑަވެލިން މަސް ބާނަން ދިޔަ އުމުރުން ދުވަސްވީ މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ އެމީހާ ފެނިފައިވަނީ ރޭ 00:11 ހާއިރު ބީޗު ސަރަހައްދުން ކަމަށެވެ. މަޑަވެލި ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނީ އުމުރުން 72 އަހަރުގެ އެމީހާ މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

މި މީހާގެ ހަބަރެއް ނުވެގެން އެންމެ ފުރަތަމަ ކައުންސިލަށް އެންގީ އާއިލާއިންނެވެ. އަދި ކައުންސިލުން ފުލުހުންނާއި އެމްއެންޑީއެފްއަށް އެންގިއެވެ. އެމީހާ މަސް ހިފަން ނިކުތީ އިއްޔެ މެންދުރެވެ. ‎ފުލުހުން ބުނީ އެމީހާ މަސް ހިފަން ނިކުތީ މަޑަވެލި ފަރުމައްޗަށް ކަމަށާއި މަސް ހިފަން ނިކުތީ އެކަނި ކަމަށެވެ. މަސް ހިފުމަށްޓަކައި ދަލެއް އޭނާ ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ