މާލޭގައި މިއަދު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ މިހަމަލާ ދީފައިވަނީ މިއަދު މެންދުރު 1:00 ޖަހާ އެހާއިރު ކަމަށެވެ. މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ މާޔާ ކްލިނިކް ހުންނަ ސަރަހައްދުގަ އެވެ.
މިހަމަލާގައި މީހަކު ޒަހަމްވި ނަމަވެސް އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ޒަހަމްވީ ބިދޭސީއެއް ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ މިމައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި މައްސަލައިގެ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ.