Last Updated: July 1, 04:05
Tuesday, June 30, 2026
ޚަބަރު

އަނެއްކާވެސް ޕީޕީއެމް ޖަގަހައަކަށް ގެއްލުން ދީފި

ޕީޕީއެމްގެ ޖަގަހައަކަށް ކަޅޫ ތެޔޮ ޖަހާފައި. ރޭގައި ވަނީ އެޕާޓީގެ މެދުދާއިރާގެ ޖަގަހަ ރޯކޮށް އަންދާފައި.

ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕީޕީއެމް ސ. ހިތަދޫ މައި އޮފީހުގެ ފާރަށް ބަޔަކު ކަޅު ދަވާދު ޖަހާފައި ވަނިކޮށް، ދެވަނަ ފަހަރަށް ރޭ ލިންކު ރޯޑުގައި ހުންނަ އެ ޕާޓީގެ ޒުވާނުންގެ ޖަގަހަ އަށް ވެސް ބަޔަކު ކަޅު ތާރު ޖަހައިފި އެވެ.

ޕީޕީއެމް އިން އަދި މިކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
ނަމަވެސް އެ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވީ ޕީޕީއެމްގެ ތާއިދު ފެނި އެކަމާ ހަޖަމް ނުވެގެން ޕާޓީގެ ތަންތަނަށް ގެއްލުން ދެމުން ދަނީ ކަމަށެވެ.

އައްޑޫގައި ކެމްޕެއިން ފޯރި ހިފާފައިވާ އިރު ހިތަދޫގައި ޕީޕީއެމްގެ ޖަގަހަ ފިޔަވައި އިތުރު ތަނަކަށް ގެއްލުން ދީފައެއް ނުވެ އެވެ.