Last Updated: July 1, 04:05
Tuesday, June 30, 2026
ޚަބަރު

"ރޮޒެއިނާ" ގާތަށް ވަގަކު ވަދެއްޖެ!

ހިތަދޫ ޕޮލިސް ސްޓޭޝަން: . ފޮޓޯ/ އައްޑޫ ލައިވް

ރައްޔިތުންގެ މަޖިލިސް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަޠީފްގެ ގޭގައި "ރޮޒެއިނާ" ނިދާފައި އޮތްވައި އޭނާ ގާތަށް ވަގަކު ވަދެއްޖެ އެވެ.

އިއްޔެ ރޭ ފަތިހު ހިނގި މި ހާދިސާގައި ރޮޒައިނާ ނިދާފައި އޮތް ކޮޓަރި ތެރެއަށް ވަދެފައި ވަނީ ބަންގްލަދޭޝްގެ މީހެކެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ރޮޒައިނާ އަކީ އެގޭގެ މަސައްކަތް ކުރުމަށް ގެންގުޅޭ ބިދޭސީ އަންހެނެކެވެ.
އަދި އޭނާ ނިދާފައި އޮތްވާ މީހަކު ވަން ކަން އެނގިގެން އޭނާ ހަޅޭއްލަވައި ގަތުމުން އެގޭގެ މީހުން ހޭލައި ހޯދަމުން ދަނިކޮށް ވަގު މީހާ ފެނިފައި ވަނީ ރޮޒައިނާ ނިދާފައި އޮތް އެނދު ދަށުންނެވެ.

ޑީއާރްޕީ އަށް ނިސްބަތްވެވަޑައި ގަންނަވާ ހަސަން ލަޠީފް މިއަދު ވިދާޅުވީ އެ ގަޑީގައި މީހުން ހޭލާ ތިބުމުން ވަގު މީހާ ފަސޭހަ އިން އަތުވެފައިވާ ކަމަށެވެ. އަދި އެއްވެސް އެއްޗެއް ވަގަށް ގެންދެވިފައި ނުވާ ކަމަށް ލަޠީފް ވިދާޅުވި އެވެ.

ވަގަށް ވަން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ދޫކޮށްލާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.