ޖަލުތަކަށް ތާސްބައި ވެއްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބެން ޖެހޭ ހައްގު އަދަބު ލިބި ޖަލުގައި އެއްވެސް ފޫހިކަމެއް ނެތި ތާސް ކުޅެވޭނެ ގޮތެއް ހަދަައިދޭން ޖެހޭކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއި ވިދާޅުވުމުން ނެވެ. ރައީސް ނަޝީދު ވިދާޅުވީ، ޖަލުތަކުގެ ކަންކަމާއި ގުޅޭ ގަވާއިދުތަކާއި އެއް ގޮތަށް ޖަލަށް ތާސްބައި ވެއްދޭނެ ކަމަށެވެ. އަދި އެކަމަކީ އެމަނިކުފާނު ވަރަށް ފުރިހަމައަށް ދަންނަ ކަމެއް ކަމަށެވެ.
އަދި އެކަމަކީ އިންތިޒާމް ކުރެވިފައިވާ ތަރުތީބުން ކަރެކްޝަނަލް ސާވިސް އާއި ގުޅިގެން ކުރެވޭނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.