Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ކަނޑު ގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: ވީނިއުސް

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފިއެވެ.

މެޓް އޮފީހުން ހއ. އަތޮޅުން ވ. އަތޮޅަށް މިއަދު 10:15 އިން 16:15 އަށް ވައިޓް އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ވައިޖެހޭނީ އިރާއި އިރުދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އަދި އެހެން ހިސާބުތަކަުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީވެ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އެދިފައެވެ.