Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އާސަންދައިގެ މިއަހަރުގެ ބަޖެޓު ހުސްވެއްޖެ!

ފޮޓޯ: އަވަސް

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވާ މިންވަރު މިދިޔަ މަހު ހުސްވެ، ހާއްސަ ބަޖެޓުން އިތުރަށް ފައިސާ ނަގައިގެން ހަރަދު ކުރަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރާ ދައުލަތުގެ މާލީ ހާލަތުގެ މިދިޔަ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އާސަންދައަށް 1.08 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ މިއަހަރަށް ފާސްކުރި ބަޖެޓުގައި އާސަންދައަށް ހަރަދުކުރަން ކަނޑައެޅި އެއް ބިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 84 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާސަންދައިންވަނީ މެލޭޝިއާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް މި އަހަރުގެ އޮކްޓޯބަރު މަހު "މެރާނާ" އިންޝުއަރެންސް ސްކީމެއްވެސް ތައާރަފްކޮށްފަ އެވެ. އެ ސްކީމުގައި އިތުރަށް ހިމެނޭ ގައުމުތަކަކީ އިންޑިއާ އާއި ސްރީލަންކާ އެވެ.

މިއަހަރަށް ފާސްކުރި 31.9 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް އެކިކަންކަމަށް ބޭނުންކޮށްފައިވަނީ 25.7 ބިލިއަން ރުފިޔާ އެވެ.