Last Updated: July 1, 04:05
Tuesday, June 30, 2026
ވިޔަފާރި

ވަތަނިއްޔާ ރޯދަ ޕްރޮމޯޝަން ފަށައިފި

އަގު ބޮޑު އިނާމް ތަކާއި އެކު ރަމަޟާން މަހަށް ހާއްސަ ރޯދަ ޕްރޮމޮޝަނެއް ވަޠަނިއްޔާއިން ފަށައިފި އެވެ.

ރާއްޖެއަށް އެންމެ އަވަސް މޮބައިލް އިންޓަނެޓް ހިދްމަތް ދެމުން އަންނަ ވަޠަނިއްޔާ އިން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ވަތަނިއްޔާގެ ސީނިއާ ސްޕެޝަލިސްޓް ޕީއާރް މާކެޓިން ކޮމިއުނިކޭޝަން މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ "ކޯލް އެންޑް ވިން" ނަމުގައި މި ރޯދަ މަހު ވަތަނިއްޔާ އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ވަތަނިއްޔާގެ ނަމްބަރުތަކަށް 50ރ. ގެ ލޯކަލް ކޯލު ކޮށްގެން 300،000ރ. އަށް ވުރެ އަގު ހުރި އިނާމް ލިބޭނެ ކަމަށެވެ.

ވަޠަނިއްޔާއިން ބުނީ "ކޯލް އެންޑް ވިން " ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ދެ ފަރާތަކަށް އެކުްސް ޒޯނުން ހުށައަޅާފައިވާ ޔަމަހާ ޖުޕިޓާ ދެ ސައިކަލާއި އަލޯރާގެ ފަރާތުން ހުށައަޅާފައިވާ 50000ރ.ގެ ގިފްޓް ވޯޗާ ލިބޭނެ ކަމަށެވެ.

އަދި ހަފްތާއަކު 50ރ. ހޭދަކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ފަރާތަކުން ރީފްސައިޑުން ދޭ ސޮނީ އެކްސްޕީރިއާ ޒެޑް ފޯނެއް ވެސް ލިބޭނެ ކަމަށެވެ.

މަރިޔަމް ވިދާޅުވީ "ބޯނަސް ރީޗާޖް"ގެ ނަމުގައި ވަތަނިއްޔާ އިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި މި ރޯދަ މަހުގެ ކޮންމެ ހަފްތާ ބަންދެއްގައި ކުރާ ހުރިހާ ރީޗާޖަކަށް 25 ޕަސެންޓާ ހަމައަށް އިތުރަށް ކުރެޑިޓް ލިބޭނެ ކަމަށެވެ. އަދި "އައިޑީޑީ ޓޮކް މޯ ސޭވް މޯ" ޕްރޮމޯޝަންގައި ވަތަނިއްޔާ އައިޑީޑީ ކޯލްގެ ފުރަތަމަ ތިން މިނިޓް ވާހަކަ ދެއްކުމުން އެކޯލަކަށް 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން މި ރޯދަ މަހު ވަތަނިއްޔާ ޕްރީޕެއިޑް ރޯމިން އިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ "ރަމަޟާން ސަޕްރައިޒް"ގެ ނަމުގައި ޑަބްލިޔު ޕުރީޕެއިޑް އަދި ޑަބްލިޔު މިކުސް ޕެކޭޖްތަކުން *999# އަށް ގުޅުމުން ހިލޭ ކުރެޑިޓް އާއި އަންލިމިޓެޑް ކާޑުގެ އިތުރުން އައިފޯން 5 އަކާއި އެހެނިހެން އަގުހުރި އިނާމްތައް ހޯދޭނެ ކަމަށެވެ.

އޭގެ އިތުރުން ނަމާދު ވަގުތުތައް އަންގައިދޭ ހިދުމަތް ހިލޭ ބޭނުން ކުރެއްވުމަށް go ޖެހުމަށް ފަހު 4777 އަށް އެސްއެމްއެސް ކުރުމުން އެހިދުމަތް ހިލޭ ލިބިގެން ދާނެ ކަމަށާއި އަދި ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުމުން އެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.