Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ދެ ރަށަކަށް އިސް މެޖިސްޓްރޭޓުން އައްޔަންކޮށްފި

ފަނޑިޔާރުންތަކެއް ފަނޑިޔާރުކަމުގެ ހުވާ ކުރައްވަނީ: ފޮޓޯ / އަވަސް

ދެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުތަކަށް ބޭފުޅުން އައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ކޮށްފައިވާ އިއުލާނެއްގައި ބުނީ މެޖިސްޓްރޭޓުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން 16 ފަރާތެއް ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން ޝޯޓުލިސްޓު ކުރުމަށްފަހު ދެ ރަށަކަށް މެޖިސްޓްރޭޓުން އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެގޮތުން ޖޭއެސްސީން ބުނީ ތ. ކިނިބިދޫ، ނަސްރުއްސަބާ، އަލްއުސްތާޒު އަބްދުﷲ ހުސައިން ތ. ހިރިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމަށް އައްޔަން ކޮށްފައިވާ ކަމަށެވެ. ކ. ގުރައިދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމަށް ލ. މާވަށް، ނަލަހަމަ، އަލްއުސްތާޒު ފަތުހުﷲ ޖަމީލް މޫސާ އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މީގެކުރިން އިއުލާނުކުރީ 14 މެޖިސްޓްރޭޓު ކޯޓަކަށް މެޖިސްޓްރޭޓުން ހޯދުމަށެވެ. އަދި އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިގެން ނުދާތީ ޖޭއެސްސީން ވަނީ އެ އިއުލާނަށް މުއްދަތު އިތުރުކޮށްފައެވެ.