މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި 10 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަން ތާވަލުކޮށްފިއެވެ.
ރައްޔިތުން މަޖިލީހަށް ސަރުކާރުން ވަނީ ގިނަ ބިލުތަކެއް ހުށަހަޅާފައެވެ. އެގޮތުން މާދަމާ އަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނަ ދުވަސް ކަމުން މާދަމާ ވަނީ 10 ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ތާވަލުކޮށްފައެވެ.
ފުރަތަމަ ކިޔުން އިއްވުމަށް ތާވަލް ކުރި 10 ބިލު:
1- މަދަނީ އިޖުރާއަތުގެ ބިލު
2- ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ބިލު
3- ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމު ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
4- ތައުލީމުގެ ބިލު
5- މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބިލު
6- ދިވެހި ރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ބިލު
7- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލު
8- އެއްމެދު އިމާރާތުގެ ބިލު
9- ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު
10- ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލު
ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބާއްވާއިރު މިހާތަނަށް އެ މަޖިލީހުން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިހާތަނަށް ދައުލަތަކުން ފާސްކުރި އެންމެ ބޮޑު ބަޖެޓު އަންނަ އަހަރަށް މަޖިލީހުން ފާސްކޮށްފައިވާއިރު ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކެއް ގެނެސް ކައުންސިލްތައް ބާރުވެރި ކުރުވުމަށް މުހިއްމު ބިލެއް ވަނީ ފާސްކޮށްފައެވެ.