ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުންދާ ކުދިންގެ ބެލެނިވެރިކަން އެހެން އާއިލާއަކާ ހަވާލުުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައިވަނީ އުސޫލުތަކާހިލާފަށް ކަމަށް، ކުޑަކުދިންގެ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތް ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުންހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން ބަލާފައި ވަނީ 2014އިން 2016އަށް ޖެންޑގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އެހެން އާއިލާތަކަށް ހަވާލުކޮށްފައިވާ ގޮތަށެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ވަގުތީ ގޮތުން ކުދިން ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ ވެސް އެންމެރަނގަޅު ގޮތަށް ނޫން ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން ފޮސްޓަރިން ލިޔެކިޔުން ވެސް ރަނގަޅަށް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓުގައިވެއެވެ. އަދި ދަރުމަޔަށް ކުދިން ބަލަހައްޓާ ފަސް ފަރާތެއްގެއެސްސްމަންޓު ހަދާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ އުސޫލުގައި ވާގޮތުން ވަގުތީގޮތުން ބެލުމަށް ހަވާލުކުރުމަށްޓަކައި ކުދިން ބެލެހެއްޓުމަށް އެދި ހުށަހަޅާ ފަރާތުގެހާލަތު ދެނެގަތުމަށްޓަކައި އެސެސްމެންޓެއް ހަދައި މިނިސްޓްރީން އެ އެސެސްމެންޓް ހަތް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ޖެހެއެވެ.