ބާ ޖަމާލުއްދީން ކައިރީގައި ހުރި ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 11:18 އެހާކަށްހާއިރު މައްޗަންގޮޅި ގެއެއްގެ ޓެރަސް މަތީގައި ފިރިހެނަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެ ގެއަށް އެޓެންޑުވިއިރު ވެއްޓިފައި އޮތް މީހާގެ އަނގައިން ފޮނު އައިސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވެއްޓިފައި އޮތް މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ބެލި ބެލުމުން އެމީހާއަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫން ކަމަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.