Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލާން އަނެއްކާވެސް ކުރިމަތިލާން ހުޅުވާލައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރުން --

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ފާތުމަތު ޒައިނާ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ. މިއީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ދެވަނަ ފަހަރެވެ.

މީގެ ކުރިން އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މީހުންގެ ނަންތައް މަޖިލީހަށް ފޮނުވި ނަމަވެސް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެއްވެސް ނަމެއް ފާހެއް ނުވިއެވެ.

ރައީސް އޮފީހުން ބުނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ މެންދުރު 2:00އަށް އެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ.

ބްރޯޑްކޮމް އިން މީގެ ކުރިން ޖުމްލަ ހަތަރު މެމްބަރެއްގެ މަގާމު ހުސްވި އެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ މަގާމަށް އައްޔަން ކޮށްފަ އެވެ. އެއީ ޕީއެސްއެމްގެ ކުރީގެ ބޯޑު މެމްބަރު އަދި ޕްރެޒެންޓާ، މަރިޔަމް ވަހީދާ އާއި ރާއްޖެ ޓީވީގެ ކުރީގެ ނިއުސް ހެޑް އަލީ ޔޫސުފު އަދި އެމްޑީޕީ އެކްޓިވިސްޓް އަހްމަދު ގައިސް އެވެ. އޭގެ ތެރެއިން މަރިޔަމް ވަހީދާ މިހާރު ވަނީ އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަން ކޮށްފަ އެވެ. އަދި ނައިބަކަށް ވަނީ ގައިސް ހަމަޖައްސައިފައެވެ.

އެ ތިން މެމްބަރުންގެ އިތުރުން ދެން ބްރޯޑްކޮމްގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ އަހްމަދު އަމްޖަދާއި، ޒީނާ ޒާހިރު އަދި އައިމިނަތު ސަހާރަތު އިއްޒަތެވެ.