Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ހުކުމް ތަންފީޒުކޮށް ނިމުމުން ކުރީގެ ރައީސުންނަށް އިނާޔަތް ދޭ އިސްލާހު ތަސްދީގުކޮށްފި

ޖިނާއީ ކުށެއް ސާބިތުވެގެން ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް އިއްވާ ހުކުމް ތަންފީޒުކޮށް ނިމުމުން، އިނާޔަތާއި ރައްކާތެރިކަން އަނެއްކާވެސް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކޮށްފިއެވެ.

އެ އިސްލާހު ފާސްވީ 58 މެމްބަރުންގެ ވޯޓާއެކުއެވެ.

ކުރިން އެ ގާނޫނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭނެ ކަމަށެވެ.

ނަމަވެސް ގާނޫނަށް ގެނެވުނު އިސްލާހުގައި ބުނެފައިވަނީ ރައީސްކަންކޮށްފައިވާ ފަރާތަކަށް ޖިނާއީ ކުށެއް ސާބިތުވި ނަމަވެސް އެ ހުކުމް ތަންފީޒްކޮށް ނިމުމުން އިނާޔަތާއި ރައްކާތެރިކަން އަލުން ލިބެން ފަށާނެ ކަމަށެވެ.