Last Updated: July 27, 10:36
Monday, July 27, 2026
ޚަބަރު

ލިލީ ބީޗް ރިސޯޓު ގައި މަސައްކަތް ކުރާ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ލިލީ ބީޗު ރިސޯޓު އެންޑް ސްޕާ

ލިލީ ބީޗް ރިސޯޓު ގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 38 އަހަރުގެ އިންޑޮނޭޝިއާ މީހެއް ކަމަށެވެ. ފުލުހުން ބުނީ އެމީހާ ނިދާ ހޭނުލައިގެން ބެލިއިރު މަރުވެފައިވާ ކަމަށް ރިސޯޓުން ބުނެފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިއަދު ހެނދުނު މާލޭގެ މައްޗަންގޮޅި ގެއެއްގެ ތެރެއިންވެސް މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.