ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް މިހާރު ކުރައްވަމުންދާ ދަތުރުގައި އެގައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ ފަސްދާނުލައްވާފައިވާ މަގުބަރާއަށް ޒިޔާރަތްކުރައްވައިފިއެވެ.
ގާންދީގެ މަގުބަރާ ހުންނަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޝާހުޖަހާން އާބާދުގެ ރިންގް ރޯޑުގައެވެ. ރައީސް ނަޝީދުގެ އަރިހުގައި އެ މަގުބަރާއަށް މި ދަތުރުގައި ހިމެނޭ މަޖިލީހުގެ މެމްބަރުންވެސް ހިމެނިވަޑައިގެންނެވިއެވެ.
ރައީސް ނަޝީދު ގާންދީގެ މަހުބަރާއަށް ޒިޔާރަތްކުރެއްވުމަށްފަހު ލިޔުއްވި ނޯޓެއްގައި ވިދާޅުވީ ފަހުގެ ތާރީހެއްގައި އެތައް ބަޔަކު ހިތްވަރު ލިބިގަތީ ގާންދީގެ ފަލްސަފާއިން ކަަމަށެވެ. އަދި ރާއްޖެއިންވެސް ގާންދީ ނަމޫނާއަކަށް ބަލައިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޒުވާން ޖީލެއް ގާންދީގެ ކިބައިން ހިތްވަރު ލިބިގަނެ ރާއްޖެއަށް ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް 2008 ގައި ގެނެސްފައިވާ ކަމަށެވެ.
ގާންދީގެ މަގުބަރާއަށް ޒިޔާރަތްކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ގާންދީ އަވަހާރަވީ ހައްދު ފަހަނައެޅި ހިންދޫއަކު 1948 އަށް ވަނަ އަހަރު ގާންދީގެ ގަޔަށް ބަޑިޖެހުމުންނެވެ.