Last Updated: July 27, 10:36
Monday, July 27, 2026
ޚަބަރު

ޖަސްޓިސް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން ނިންމައިފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / މިހާރު

މޯލްޑިވްސް ޖަސްޓިސް ޕާޓީ (އެމްޖޭޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެނަމުގައި އެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދެން ނިންމީ އެ ނަމަކީ މިހާރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކާ އެއްގޮތް ނަމެއް ކަމަށް ބެލެވޭތީ ކަމަށެވެ. އެ ޕާޓީއަކީ ކޮން ޕާޓީއެއް ކަމެއް އިލެކްޝަނަކުން ހާމައެއްނުކުރެއެވެ.

އެހެންނަމަވެސް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އަދާލަތު ޕާޓީގެ ނަމުގައި ވަނީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައެވެ. އަދި އަދާލަތު އެ ނަން އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމުން އަންނަނީ "ޖަސްޓިސް" މި ބަހެވެ.

އެމްޖޭޕީގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދައަށް އެދުނު ނަމަވެސް އެ ހުއްދަ ނުދޭން އީސީއިން ނިންމާފައިވާއިރު ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ ކޮމިޝަނުން ވަނީ ދީފައެވެ.

ރާއްޖޭގައި މިހާރު ރެޖިސްޓްރީކޮށްގެން ހިންގާ ޕާޓީތަކުގެ އަދަދަކީ ނުވައެކެވެ. މީގެ ތެރެއިން 10،000 މީހުން ހަމަވަނީ އެންމެ ތިން ޕާޓީގައެވެ.