މި އަހަރުގެ އެންމެ އުންމީދީ އެއްް ފިލްމުގެ ތެރޭގައި ހިމެނޭ ޖޯން އަބްރަހަމް އާި ނަރުގިސް ފަޙުރީ ލީޑް ރޯލް ކުޅެފައިވާ "މެޑްރާސް ކެފޭ" ގެ ޓްރެއިލާ މިއަދު ލޯންޗްކޮށްފި އެވެ.
ޓްރެއިލާ ލޯންޗް ކުރީ މިއަދު ރިލީޒް ކުރި ފަރުހާން އަހުތަރު ލީޑް ރޯލް ކުޅެފައިވާ ބައޯޕިކް "ބާގް މިލްކާ ބާގް" އާ އެކުގަ އެވެ.
"މެޑްރާސް ކެފޭ" އަކީ "ވިކީ ޑޯނާ" އަށް ފަހު ޖޯންގެ ޕްރޮޑަކްޝަން ހައުސް ޖޭއޭ އިން އުފައްދާ ދެވަނަ ފިލްމެވެ.
މި ފިލްމްގެ ޑައިރެކްޓަރަކީ "ވިކީ ޑޯނާ" ގެ ޑައިރެކްޓަރު ސޫޖިތު ސިރްކާރު އެވެ. އަދި މިއީ "ރޮކްސްޓާ" އަށް ފަހު ނަރުގިސްގެ ދެވަނަ ފިލްމެވެ.
"މެޑްރާސް ކެފޭ" ސިނަމާތަކަށް އަންނާނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ.