ބޯކޮށް ވާރޭވެހި މާލޭސިޓީގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
ފެން ބޮޑުވެފައިވަނީ އައިޖީއެމްއެޗް ކައިރީ އަދި މާފަންނު ސްޓޭޑިއަމް ކައިރި އަދި ޣިޔާސުއްދީން ސްކޫލް ހުންނަ ސަރަހައްދުގައެވެ. އަދި ކަށިމާ ހިނގުމާއި ބުރުޒުމަގުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
އެމްއެންޑީއެފްއިން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސް ދުވަސް ވަރެކެވެ. ހާއްސަކޮށް ރާއްޖޭގެ އުތުރަށް މި ދުވަސްވަރު ވަރަށް މޫސުން ގޯހެވެ.
މާލޭގެ އިތުރުން މާލެ ސަރަހައްދުގެ ބައެއް ރަށްތަކަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވެއެވެ.