ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިންޑިޔާއަށް ވަޑައިގެންފިއެވެ.
ޝާހިދު މިއަދު އިންޑިޔާއަށް ވަޑައިގެންނެވީ އެ ގައުމުގައި ބާއްވާ ޖޮއިންޓް ކޮމިޝަންގެ ހަ ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދަތުރުފުޅުގައި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކައާ ބައްދަލު ކުރަން އުންމީދު ކުރައްވާ ކަމަށެވެ. މިއީ ޝާހިދު އިންޑިޔާއަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ. އެންމެ ފަހުން ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ 2015 ވަނަ އަހަރުގަ އެވެ.
ޝާހިދު އިންޑިއާއަށް ވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 15 މެންބަރުން ވެސް ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައެވެ.