Last Updated: July 27, 10:36
Monday, July 27, 2026
ޚަބަރު

ކަނޑުވި ބަޔަކު މާލެ ގެނެސް ފަރުވާ ދޭން ފަށައިފި

ކަނޑުމަތީގައި ހާލުގައި ޖެހުނު ބަޔަކު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.

އެމީހުން އައިޖީއެމްއެޗަށް ގެނައީ މިއަދު ހެނދުނު 11:30 ހާއިރުއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ތިން ބިދޭސީ އަކާއި ދިވެއްސަކު ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އެމީހުން ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ކަނޑުވި ބަޔަކަށް ފަރުވާ ދެމުން އަންނައިރު މިއަދަކީ މާލެސިޓީއަށް މޫސުން ގޯސް ދުވަހެކެވެ. އެގޮތުން މިއަދު ހެނދުނު 8:00ގައި މާލެއަސް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންވެސް ބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން އަންނަނީ ކުރަމުންނެވެ.

ކަނޑުވި މީހުންނާއި ގުޅޭ ގޮތުން ފުލުހުން ވެސް އަދި އެމްއެންޑީއެފްއިން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.