Last Updated: July 27, 10:36
Monday, July 27, 2026
ޚަބަރު

ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

އައްޑޫ ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އެންމެ ފަހުން އައްޑޫ ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކުރީ މިދިޔަ ޖުލައި މަހުއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއޭއޭ) އިން ބުނީ އަލުން ފުރުސަތު ހުޅުވާލީ ކުރީގެ ޕްރޮޕޯސަލްތައް ކެންސަލްކުރުމަށް ފަހު ކަމަށެވެ. އަލަށް ހުޅުވާލި ފުރުސަތާ ގުޅިގެން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު ބީލަން ހުޅުވަން އޮންނާނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

ގަމުގައި މިހާރު ފްލައިން ސްކޫލް ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް އިން ވަނީ އަންނަ އަހަރު ފްލައިން ސްކޫލް މާފަރު އެއާޕޯޓަށް ބަދަލުކުރަން ނިންމާފައެވެ. އެމީހުން ބުނެފައިވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ގަމުގެ ކުލި ބޮޑުކޮށްފައިވާތީ ދެން ގަމުގައި ސްކޫލްގެ ޚިދުމަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.