Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށް މަޝްވަރާ ދިނުމަށްޓަކައި އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ޖޭއެސްސީން އިއުލާނު ކޮށްފައި މިވަނީ އެމަގާމުގައި ހުންނެވި އަބްދުލްޣަނީ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށާއި، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް މިމަހުގެ ތެރޭގައި ވަނީ ބޭފުޅުން އައްޔަންވެސް ކުރައްވާފަ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މުހްތަސިމް އަދުނާނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވަނީ ހުސްނުއްސުއޫދެވެ.