Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

އައިޖީއެމްއެޗްގެ ސީލިން ވެއްޓި ކުއްޖަކަށް އަނިޔާވެއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލް، ފޮޓޯ: އަވަސް

އައިޖީއެމްއެޗްގެ ސީލިން ވެއްޓި ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީލިން ވެއްޓި އަނިޔާވެފައިވަނީ ކުޑަ އަންހެން ކުއްޖަކަށެވެ. ނަމަވެސް އެކުއްޖާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވެއެވެ.

މަންޒަރު ދުށް މީހަކު ބުނީ ސީލިންގުން ބައެއް ވެއްޓުނީ ފެނުގެ ސަބަބުން ވަރަށް ބޮޑަށް ފޯވެގެން ކަމަށެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ.