Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

އިލެކްޝަނާއި އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުން ހާމަކުރަން ގޮވާލައިފި

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު

ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި އަވަށްޓެރި އިންޑިއާއާ އެކުގައި ދާދިފަހުން ސޮއިކުރި އެއްބަސްވުމުގައި ހުރި ކަންކަން ހާމަކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރު އަޑީގައި އޮވެގެން އިލެކްޝަންސް ކޮމިޝަނާއި އިންޑިއާއާ އެކުގައި ސޮއިކުރި އެއްބަސްވުމުގެ ތަފްސީލް ހުރިހާ ސިޔާސީ ޕާޓީތަކަށް ހިއްސާ ކުރުމަށް ގޮވާލާ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން "ވޯޓުން ވައްކަން ކުރަން އުޅޭ ކަމުގެ ވަސް ވަރަށް ގަދައަށް ދުވާ" ކަމަށެވެ. ޝުޖާއު ވަނީ ދިވެހި ރައްޔިތުން އެކަމާ ހޭވެރިވުމަށް އިލްތިމާސްކޮށްފައެވެ.

އިލެކްޝަނާއި އިންޑިއާއާ އެކުގައި ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމެވެ. ނަމަވެސް އެ އެއްބަސްވުމާއި ގުޅޭ މާބޮޑެތި ތަފްސީލުތަކެއް އިލެކްޝަނަކުންވެސް އަދި ދިވެހި ސަރުކާރަކުންވެސް ހާމައެއް ނުކުރައްވައެވެ.