Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އައްޑޫ ޓާޝަރީ ހޮސްޕިޓަލު ހުޅުވުން ފަސްކޮށްފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް. 100 ފޮޓޯ: ޝަރަފް/ އައްޑޫލައިވް

މިއަދު ހުޅުވަން ހަމަޖެހިފައިވާ އައްޑޫ ސިޓީ ޓާޝަރީ ހޮސްޕިޓަލްގެ ހިދުމަތް ފެށުން ފަސްކޮށްފިއެވެ.

ހޮސްޕިޓަލްގެ ހިދުމަތް މިއަދު ނުފެށުނު ނަމަވެސ ހޮސްޕިޓަލުގެ ހިދުމަތްތައް ފަށައިގަތުމަށް ވާންޖެހެ ތައްޔާރީތައް ވުމުގެ މަސައްކަތް ވަރަށް ބާރަށް ދަނީ ކުރަމުންނެވެ.

ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފައި ވަނީ ތައްޔާރީތައް ނުނިމޭތީއެވެ. އަދި ހޮސްޕިޓަލް ހުޅުވާނެ ސީދާ ތާރީހެއް ހެލްތު މިނިސްޓްރީން ހާމަކޮށްފައެއްނުވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ތައްޔާރީތައް ވީހާ އަވަހަށް ހިދުމަތްތައް ފެށިގެންދާނެ ކަމަށެވެ.

އައްޑޫގެ ޓާޝަރީ ހޮސްޕިޓަލް ހުޅުވާއިރު އެންމެ ފުރަތަމަ ދިނުމަށް ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި އެކްސްރޭ، އޯޕީޑީ، ލެބޯރަޓްރީ އަދި ފިޒިއޮތެރަޕީގެ ހިދުމަތް ހިމެނެއެވެ.

ހޮސްޕިޓަލްގެ މަސައްކަތްތައް ޖުމްލަކޮށް ނިމުމުން އެތަނުގައި ކާޑިއޯ، ޑެންޓަލް، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ބޮޑެތި ބަލިތަކަށް ތަހްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންކުރުންވެސް ކުރިއަށް ގެންދިއުމަށް ވަނީނިންމާފައެވެ.