Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

މަރަދޫގައި އައިސީސީން ހެދި ޕާކް ނިންމާލައިފި

ސ. މަރަދޫކޮޅުގައި ތަރައްގީ ކުރި ޕާކްގެ މަަަސައްކަތް ނިންމާލައިފި އެވެ.

ސާކް ސަމިޓާ ދިމާކޮށް ސްރީ ލަންކާގެ މޮނިއުމަންޓް ބެހެއްޓި ސަރަހައްދު އަދި މަރަދު އާއި ހަންކެޑެ ގުޅޭ ހިސާބުގައި ތަރައްގީ ކުރި ޕާކްގެ ވަށާ ފާރު ރާނައި އެތެރޭގައި ވަނީ އިށީނދެވޭ ގޮތަށް ކޮންކްރީޓް ޝީޓްތައް ވެސް ބަހައްޓާފަ އެވެ.

އެތަނުގައި ބެހެއްޓި މޮނިއުމަންޓް މިހާރު ނެތް ނަމަވެސް، މަގާ ގުޅޭ ގޮތުން ބެހެއްޓި ލިއުން ވަނީ ޕާކް ތެރެއިން ރީތިކޮށް ފެންނާނެ ގޮތް ހަދާފަ އެވެ.

މި ޕާކް ތަރައްގީކޮށް ދީފައި ވަނީ ދާދި ފަހުން އައްޑޫގެ ތިން ރަށުގެ ބޮޑުގައި ތާރު އަޅައިގެން ހަދައި ނިންމާލި ލަންކާގެ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އިންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ޕާކްގައި ކުރިއަށް އޮތް ތަނުގައި ކުޑަކުދިންނާ ގުޅުން ހުރި ކުޅޭ ސާމާނުގެ އިތުރުން، އެ ސަރަހައްދުން މޫދަށް ކުޑަކުދިންނާ އެކު ބޮޑެތި މީހުންނަށް ވެސް އެރިއުޅެވޭ ގޮތަށް ހަދާފައިވާ ކަމަށެވެ.

ކައުންސިލުން އަދި ބުނީ މި ޕާކަކީ އައިސީސީގެ މަސައްކަތަށް އައްޑޫން ލިބުނު އެހީތެރިކަން ފާހަގަކޮށް ކައުންސިލްގެ އެދުމަކަށް އެ ކުންފުނިން ކޮށްދީފައިވާ މަސައްކަތެއް ކަމަށެވެ.