އެވަޓަންގެ ކޯޗުކަމުގެ މަގާމަށް ކުރިން ޔޫރަޕްގެ ބޮޑެތި ކްލަބުތަކަށް ކޯޗުކޮށްދީފައިވާ ކާލޯ އެންޗެލޯޓީ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ރިޕޯޓުތައް ބުނެފިއެވެ.
ދާދިފަހުން ނަޕޯލީގެ ކޯޗުކަމުގެ މަގާމުން އެންޗެލޯޓީ ވަކިކޮށްފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން އެވަޓަންގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން އެންޗެލޯޓީއާއެކު އެވަޓަން އިން ވަނީ ވާހަކަތަކެއް ކުރިއަށް ގެންގޮސް ހުށަހެޅުމެއް ވެސް ހުށަހަޅާފައެވެ.
ނަމަވެސް އެކަމާ މެދު އެންޗެލޯޓީ އަދި ވަކިގޮތެއް ނިންމާފައިވާއިރު އިނގިރޭސި ލީގުގެ ކްލަބަކާ ހަވާލުވާން އޭނާ ބޭނުންވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެންޗެލޯޓީ ވަނީ މީގެކުރިން ރެއާލް މެޑްރިޑާއި، އޭސީ މިލާނާއި، ޕީއެސްޖީ އަދި ޗެލްސީ އަށް ވެސް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް އެ ކްލަބުތަކާއެކު ހާސިލުކޮށްފައެވެ.
އެވަޓަންގެ ކޯޗުކަމުގެ މަގާމު ހުސްވީ މި މަހުގެ ކުރީކޮޅު އެ މަގާމުގައި ހުރި މާކޯ ސިލްވާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެ ކްލަބުގެ ކޯޗުކަން ވަގުތީ ގޮތުން މިހާރު އަދާކުރަމުން އަންނަނީ ޑަންކަން ފާގަސަންއެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު އެއް މެޗުން އެޓީމު މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އެވަޓަން މިވަގުތު އޮތީ ޕްރިމިއާ ލީގުގެ 16 ވަނައިގައެވެ.