Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ހަރުކަށި ފިކުރުގެ މައްސަލާގައި ޖަމީލުގެ ފާޑުކިޔުން ނަޝީދަށް!

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ރާއްޖޭގައި ދީީނީ ހަރުކަށި މީހުން ގިނަ ކަމަށް ބުނެ އެކަމަށް ފާޑު ކިޔަމުން އަންނަ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްޖެއެވެ.

އެގޮތުން ޑރ. ޖަމީލް ވަނީ އެމްޑީޕީއަށް ސުވާލު ކުރައްވާފައެވެ. އެގޮތުން ޖަމީލް ވަނީ މީގެ ކުރިން 2014 ގައި ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާޢަތް ހަދައިގެން އުޅުނު މީހުން އެމްޑީޕީން ދިފާޢުކުރީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އެއީ ހަރުކަށި އަމަލަކަށް އެމްޑީޕީއަށް ނުވަނީތޯ ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.

"ކަައުންސިލް އިންތިހާބަށް މިފަހަރު އޮތް އެޖެންޑާއަކީ މިއީތޯ، ދައްކާނެ ތަރައްގީގެ ކަމެއް ނެތުމުން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދިޔަ މައްސަލައާއި ގުޅިގެން އެކަން ހައްލުކުރުމަށް ކުރީ ސަރުކާރުތަކުން ވަނީ މަސައްކަތްކޮށްފައެވެ. އަދި ވަކިން ޖަމާއަތް ހަދައިގެން ރާއްޖޭގައި އާންމުކޮށް ހުކުރުކުރާ ވަގުތަށްވުރެ ކުރިން އެ މިސްކިތުގައި ހުކުރު ކުރާތީ އިމާމު މީހާވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭރު ދަރުމަވަންތަ މިސްކިތުގައި ކިޔަމުންދަނީވެސް ސަރުކާރުން ފާސްކުރާ ހުތުބާއެއް ނޫނެވެ.

އެކަމާއި ގުޅިގެން އޭރު އެމްޑީޕީގެ އިސްވެރިން ވަނީ ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރާ މީހުން ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި އެ މިސްކިތުގެ އިމާމު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަންވެސް ގޮވާލިއެވެ.