ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު މިއަދު އައްޔަން ކުރައްވައިފިއެވެ.
ޝުޖޫން އެ މަގާމަށް އައްޔަން ކުރެއްވީ، ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. އެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝުޖޫން އެ މަގާމަށް އައްޔަން ކުރެއްވިއިރު ހުވާލައި ދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރެވެ.
ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާށް އައްޔަން ކުރެވުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.