Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ފުރަތަމަ ފަހަރަށް އަންހެން ކޮންސުލް ޖެނެރަލެއް އައްޔަންކޮށްފި

ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު އަބްދުﷲ ދީދީ އައްޔަން ކުރުން -- ފޮޓޯ/ފޮރިން މިނިސްޓްރީ

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލް މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. މިއީ ކޮންސުލް ޖެނެރަލްގެ މަގާމަށް އަންހެން ކަނބަލަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.

އެ މަގާމަށް އައްޔަން ކުރެއްވީ ފޮރިން މިނިސްޓްރީ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައިމިނަތު އަބްދުﷲ ދީދީއެވެ. ކޮންސުލް ޖެނެރަލް އަކަށް އައިމިނަތު ދީދީ އައްޔަންކުރައްވާ އޭނާއަށް މިއަދު މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އިންޑިއާގެ ބެންގަލޫރުގެ ޔުނިވަސިޓީން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފައިވާ އައިމިނަތު އަބްދުﷲ ދީދީ ވަނީ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި އެހެން ބައެއް މަގާމުތަކުގައި 17 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފަ އެވެ.

އައިމިނަތު އަބްދުﷲ ދީދީ ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ވެސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ.