ދިވެހި ގައުމިއްޔަތަށް އިންކާރުކުރާ މީހުންނާއި ދިވެހި ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް ބަލައިގަންނަ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ކަނޑައަޅައިފިއެވެ.
ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރ އިން ހަރުކަށި ފިކުރު މާނަ ކުރުމަށް ނެރުނު ބަޔާނުގައި ހަރުކަށި ފިކުރު މީހުން ދެނެގަންނާނެ ގޮތް ބަޔާންކޮށް ބުނެފައި ވަނީ ގައުމު ދިދަ އާއި ދިވެހި ދައުލަތުގެ ނިޝާނާއި، ގައުމީ ސަލާމް ބަލައިނުގަންނަ މީހުންނަކީ އޭގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ހަރުކަށި ފިކުރަކީ ގާނޫނު އަސާސީގެ ރޫހާއި ގާނޫނީ ހަމަތަކާއި އާންމު އިޖުތިމާއީ އުސުލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާއި ދެކޮޅަށް ވަކާލާތު ކުރުމުގައި ހަރުކަށިވެ އަނިޔާވެރިވުމާއި އިހާނެތި ކޮށް ހިތުމުގެ ފިކުރު ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، ހަރުކަށި ފިކުރަކީ އެތަނެއްގެ ސަގާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެ ސާފު ސީދާ މަގުން އެއްކިބާވެ އަދި އެތަނެއްގައި އޮންނަ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކިގެ އިންތަކުން ބޭރުވެތިބެ، އެބައެއްގެ ރިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫން ކަމަށް ބުނާ މީހުން ކަމަށެވެ.