Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ރަންވޭގެ މަރާމާތަށް ވީއައިއޭ ބަންދުކުރުމަށްފަހު ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ރަންވޭ މަރާމާތު ކުރުމަށް އެއާޕޯޓު ބަންދުކޮށްފިއެވެ. 

ވީއައިއޭ ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ ރަންވޭގެ މަރާމާތަށް އެއާޕޯޓު ބަންދުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ގިނައިރުތަކެއް ނުކޮށް މަރާމާތު ނިންމާލުމަށްފަހު މިހާރު އެއާޕޯޓު ހުޅުވާލައިފައިވާ ކަމަށެވެ.

ރަންވޭ ބަންދުކުރުމާ ގުޅިގެން ބައެއް ފްލައިޓުތަކަށް ނުޖެއްސިފައި އެބަތިއްބެވެ.

އެއާޕޯޓު ރަންވޭގެ މަރާމާތާ ގުޅިގެން މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން ކުރިއަށް ހުރި ބައެއް ފްލައިޓުތަކުގައި ޑިލޭ އުޅުން އެކަށީގެންވާ ކަމަށެވެ. އަދި އެކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.