Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ޔެލޯ އެލާޓު ނެރެފި

އައްޑޫ ސިޓީއަށް މީގެކުރިން ކުރި ވިއްސާރައިގައި ފެން ބޮޑުވެފައި -- ފޮޓޯ/ އެމްއެންޑީއެފް

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކުގެ ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އެ އޮފީހުން ބުނީ މިއަދު ރާއްޖޭގެ ހުރިހާ ހިސާބަަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ.

މެޓު އޮފީހުން ބުނީ މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބުދަ ދުވަހުން ފެށިގެން ވިއްސާރައިގެ އަސަރު ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.