Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ގާސިމް މަރާލި މީހާގެ ވަނަވަރު އާއްމުވެއްޖެ

ޑްރައިވަރު ގާސިމް: ފޮޓޯ / އަވަސް

އަނިޔާވެރިގޮތަކަށް ހުޅުމާލޭގައި މިމަހުގެ 4 ވަނަ ދުވަހުގެ ރޭ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލުގެ ވަނަވަރު ހާމަވެއްޖެއެވެ.

ގާސިމްގެ ގާތިލްގެ ވަނަވަރު ހާމަވެފައިވަނީ ގާސިމް މަރާލިކަމަށް އިއްތިރާފްވި މީހާގެ ބަންދަށް 15 ދުވަސް ޖަހައި ކްރިމިނަލް ކޮޓޯން ނެރުނު އަމުރު ސޯޝަލް މީޑިއާގައި ލީކުކޮށްލުމާއި ގުޅިގެންނެވެ.

އެ އަމުރުގައިވާ ގޮތުން ގާސިމްގެ ގާތިލަކީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދެވެ. އަދުހަމް ވަނީ އޭނާ ގާސިމް މަރާލިކަމަށް ކްރިމިނަލް ކޯޓުގައި އިއްތިރާފްވެފައެވެ.

އަދުހަމްގެ ބަންދުގެ މުއްދަތު އިތުރުކުރަން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ، އަދުހަމް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ އޭނާ މީހަކަށް ވަޅިން ހަމަލާދިން ކަމަށް ބަންދާއިމެދު ގޮތެއް ނިންމި މަޖިލީހުގައި އިއުތިރާފްވެ ކަންހިނގިގޮތް ކިޔާދީފައިވުމާއެކު އަނިޔާ ލިބިފައިވާ މީހާ މަރުވެފައިވުވުން ކަމުގެ ބާވަތުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި އަމަން އަމާންކަމަށް ބުރޫއަރާފާނެތީ ކަމަށެވެ.