Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ގްރޫޕް މާރާމާރީއެއްގައި ތިން މީހަކު ޒަޚަމްވެއްޖެ

ހިތަދޫގައި ރޭ ދަންވަރު ހިނގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާވެ ފަރުވާ ދެމުން އެބަ ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ފަތާ ޓްރެކް ސަރަހައްދު ކައިރީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެ ހިނގި މިމާރާމާރީގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވެއެވެ.

ސީރިއަސް އަނިޔާ ލިބުނު އެކަކު މާލެ ފޮނުވުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.

ފުލުހުން ވަނީ މިހާރު މިމައްސަލައިގެ ތަހުގީގު ފަށާފައެވެ.