Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ވީއައިއޭއިން އެއާ ޓްރެފިކް ރެކޯޑެއް މުގުރާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ - ފޮޓޯ: ޓްވިޓާ (ވީއައިއޭ)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެއާ ޓްރެފިކް ރެކޯޑެއް މުގުރާލައިފިއެވެ.

އެގޮތުން މިދިޔަ އާދީއްތަ ދުވަހު ވީއައިއޭއަށް ޖެއްސި އަދި ފުރި ފްލައިޓުތަކުގެ އަދަދު 239 އަށް ވަނީ އަރާފައެވެ. އެމްއޭސީއެލް އިން އިއްޔެ ބުނީ އާދިއްތަ ދުވަހު 101 އިންޓަނޭޝަނަލް މޫމަންޓްސް އަދި 121 ޑޮމެސްޓިކް މޫމަންޓްސް ވީއައިއޭގައި ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. އެއީ ކުރިއަށް އޮތީ ކްރިސްމަސް އަދި އާ އަހަރު ކަމަށްވުމުންނެވެ. މި ދުވަސްތައް ފާހަގަކުރުމަށް ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ޒިޔާރަތް ކުރަމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ވީއައިއޭ ދެފަހަރެއްގެ މަތިން ރަންވޭ ވަނީ ބަންދުވެސް ކޮށްފައެވެ.