Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

މިމަހުގެ 31 އެމްއެމްއޭ އަދި ބީއެމްއެލްވެސް ބަންދުވާނެ!

އެމްއެމްއޭ - ފޮޓޯ: ސަން

މި އަހަރު ބޭންކިންގެ ހިދުމަތް ދޭނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 30 ވަނަ ދުވަސް ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

އެމްއެމްއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ އޮތޯރިޓީން މި އަހަރު ބޭންކިންގެ ހިދުމަތް ދޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި މި މަހުގެ 31 ވަނަ ދުވަހަކީ އެމްއެމްއޭގެ ބޭންކިންގެ ހިދުމަތް ބަންދު ދުވަހެއް ކަމަށެވެ.

ބީއެމްއެލް އިން މިއަދު ބުނީ އެ ބޭންކުން ވެސް މި އަހަރު ހިދުމަތް ދޭނެ އެންމެ ފަހު ދުވަހަކީ 30 ޑިސެމްބަރު ވާ ހޯމަ ދުވަސް ކަމަށެވެ. އަދި 31 ޑިސެމްބަރަކީ އެ ބޭންކުގ ބްރަންޗުތަކުން ދޭ ހިދުމަތް ބަންދު ވާނެ ދުވަހެއް ކަމަށާއި ދެން ބްރާންޗުތަކުން ހިދުމަތް ދޭން ފަށާނީ އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

ބޭންކްތަކުގެ އޮޑިޓް މަސައްކަތަށް ކޮންމެ އަހަރެއްގެ އެންމެ ފަހު ރަސްމީ ދުވަހަކީ ބޭންކްތަކާއި އެމްއެމްއޭ ބަންދު ދުވަހެކެވެ.