Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ވެލާނާ އެއާޕޯޓަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މިއަދު ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

މިއަދު ހެނދުނު 11:30 ހާއިރު އެއާޕޯޓުގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑިގެން ދިޔައެވެ. 15 މިނެޓްގެ ތެރޭގައި އެއާޕޯޓްގެ ޑޮމެސްޓިކް ސަރަހައްދަށް ކަރަންޓު ލިބުނެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި އެއާޕޯޓަށް ކަރަންޓުގެ ހިދުމަތް ލިބުނެވެ.

ވަގުތުކޮޅަކަށް ވީއައިއޭއިން ކަރަންޓު ކެނޑުނުއިރު މިދިޔަ އާދީއްތަ ދުވަހު ދެ ފަހަރެއްގެ މަތިން ރަންވޭވެސް ވަނީ ބަންދުކޮށްފައެވެ.