Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

މިސްކިތެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ޝަހީދު އަލީ މިސްކިތް --

މާލެސިޓީ ހެންވޭރުގައި ހުންނަ ޝަހީދު އަލީ މިސްކިތުގައި މަރުވެފައި އޮތް އުމުރުން ދުވަސްވީ މީހަކު ފެނިއްޖެއެވެ.

އުމުރުން 83 އަހަރުގެ ފިރިހެން މީހަކު ލޮނުޒިޔާރަތް މަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ތެރެއަށް ވެއްޓިފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 11:12 ހާއިރެވެ.

ފުލުހުން ވަނީ އެމީހާ ނަގައިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފަ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.