Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

މެލޭޝިޔާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފޮރިން މިނިސްޓްރީން "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން މިރޭ ބުނީ އެފަދަ ކަމެއް މެލޭޝިޔާގައި ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މަރުވި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ފޮރިން މިނިސްޓްރީން ބުނީ އެކަން ހިނގާ ދިޔަ ގޮތް މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް އެކަމާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އަދިއެއް ނޭނގެއެވެ. ރޭ ބެންކޮކުގައިވެސް އެކްސިޑެންޓެއް ހިނގާ ދެ ދިވެހިންނަށް ވަނީ އަނިޔާވެފައެވެ. މި ދުވަސްވަރަކީ ބޮޑުޗުއްޓީ ދުވަސްވަރު ކަމުން ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރު ކުރަމުންދެއެވެ.