އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހައިކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ހައިކޯޓުގައެވެ. ހައިކޯޓުގެ ފަނޑިޔާރުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކުރައްވާފައި މިވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން، ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނުގެ ދަށުން، އިންތިހާބީ ޝަކުވާތަކުގެ މައްސަލަތައް ބެލުމުގެ އިހްތިސޯސް ލިބިފައިވަނީ ހައިކޯޓަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.
ކައުންސިލް އިންތިހާބުގައި 982 ކައުންސިލަރުން އިންތިހާބު ކުރާއިރު، އަންހެެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.