ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީން އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިތައް ކަނޑައަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އެ ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒުގައި ބޭއްވި ހަފްލާއެއްގައި ވަނީ މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ދާއިރާތަކުގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ގޮނޑިތައް ވަނީ ގުރުއަތުން ނަގައިފައެވެ.
މާލެ ސިޓީގެ ޖުމްލަ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކޮށްފައިވާއިރު، އައްޑޫގެ ޖުމްލަ 12 ދާއިރާގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވަނީ ހަތަރު ދާއިރާއެކެވެ. އަދި ފުވައްމުލަކުގެ ޖުމްލަ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ހާއްސަކޮށް، މިރޭ ވަނީ އިއުލާން ކޮށްފައެވެ.
އައްޑޫސިޓީން އަންހެނުންނަށް ހާއްސަކުރެވުނު ގޮނޑިތައް:
1- އައްޑޫ ސިޓީ ދާއިރާ 3 (ހިތަދޫ)
2- އައްޑޫ ސިޓީ ދާއިރާ 6 (ހިތަދޫ)
3- އައްޑޫ ސިޓީ ދާއިރާ 8 (މަރަދޫ ފޭދޫ)
4- އައްޑޫ ސިޓީ ދާއިރާ 12 (މީދޫ)
މާލެސިޓީން އަންހެނުންނަށް ހާއްސަކުރެވުނު ގޮނޑިތައް:
1- މާލެ ސިޓީ ދާއިރާ 2
2- މާލެ ސިޓީ ދާއިރާ 4
3- މާލެ ސިޓީ ދާއިރާ 9
4- މާލެ ސިޓީ ދާއިރާ 12
5- މާލެ ސިޓީ ދާއިރާ 14
6- މާލެ ސިޓީ ދާއިރާ 18
ފުވައްމުލަކު ސިޓީން އަންހެނުންނަށް ހާއްސަކުރެވުނު ގޮނޑިތައް:
1- ފުވައްމުލަކި ސިޓީ ދާއިރާ 1
2- ފުވައްމުލަކި ސިޓީ ދާއިރާ 4
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ދާދިފަހުން ގެނައި އިސްލާހުގައި ބުނެފައިވަނީ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަންވާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.