ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިރޭ މޫސުން ގޯސްވެ އައްޑޫސިޓީއަށް އުދަ އަރާފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ވަނީ ނ. އަތޮޅުގެ ރަށްތަކުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ވައިޓް އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ މިރޭ 23:00އިން ފެށިގެން ދަންވަރު 3:00އާ ހަމައަށެވެ.
މީގެއިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސް ވަރެކެވެ. ދާދިފަހުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަނީ މޫސުން ގޯސްވެ ވަރަށް ބޮޑަށް ވިއްސާރަ ކޮށްފައެވެ.