ބ. ކެންދޫގައި ރިޔަލު ދޯންޏެއްގައި ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ އެރަށަށް ނިސްބަތްވާ ގާނޫނީ ވަކީލެއް ކަމަށްވާ އަބްދުﷲ އަލީ ކަމަށެވެ. އޭނާގެ އުމުރަކީ 39 އަހަރެވެ. އޭނާ ކަނޑުމައްޗަށް ނުކުތީ އެކަންޏެވެ. އޭނާ އެ ދޯނީގައި ނިކުތީ ދޯނި ޓެސްޓު ކޮށްލުމަށެވެ.
ކައުންސިލާއި، އެރަށު ރައްޔިތުންނާއި ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުހުންނާއި ސިފައިންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.