Last Updated: June 9, 20:11
Tuesday, June 9, 2026
ދީން

އަހުލާގު ގޯސް ދަރިވަރުންނަށް ދީނީ ކައުންސެލިން!

ފޭދޫ ސްކޫލްގެ ދަރިވަރުންތަކަކާ ރައީސް މި މަހުގެ 5 ވަނަ ދުވަހު ސަލާން ކުރައްވަނީ. ފޮޓޯ/ ރައީސް އޮފީސް

ސްކޫލްތަކުގައި އުޅޭ އަހުލާގީ ގޮތުން މައްސަލަތައް އުޅޭ ދަރިވަރުންނަށް އަމާޒުކޮށްގެން ދީނީ ކައުންސެލިން ދޭން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ސްކޫލްތަކުގައި އަޚްލާޤީ ގޮތުން މައްސަލަ ކުރިމަތިވާ ދަރިވަރުންނަށް ކަމަށެވެ.

އެގޮތުން މިކަމަށް އެދޭ ސްކޫލްތަކުން ޕްރޮގްރާމް ހިންގުމަށް ކަނޑައަޅާ ގޮތާއި، އެދަރިވަރުންގެ ތެރޭގައި ހުރި މައްސަލަތަކާއި، ޕްރޮގްރާމް ބާއްވަން ބޭނުންވާ ތާރީޚާއި ވަގުތު ކައުންސިލްގެ ސޯޝަލް ސަވިސް ޑިޕާޓްމަންޓަށް އެންގުމުން ޕްރޮގްރާމް ހިންގައި ދެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސެލިން ދެއްވާނީ އައްޑޫގެ ދީނީ އިލްމުވެރިންނެވެ.