Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ސިޓީތަކުގެ ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަ ނުކުރެވޭ މައްސަލަ ކޯޓަށް ހުށަހަޅަނީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ ބައެއް ދާއިރާތަކަށް ފިރިހެންނުނަށް ކުރިމަތި ނުލެވޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

އެގޮތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ މޫސާ އަންވަރެވެ. މޫސާ އަންވަރަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ފަރާތެކެވެ.

މޫސަ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ، މޫސާ އަންވަރު ނިސްބަތްވާ އައްޑޫ ސިޓީގެ ހިތަދޫ 03 (ބޭރުމަތި) ދާއިރާއިން ސިޓީ ކައުންސިލް އިންތިހާބުގައި ފިރިހެނުންނަށް ވާދަ ނުކުރެވޭނެ ކަމަށް ބުނެފައިވާީއެވެ.

އޭނާ ބުނީ އެ މައްސަލައަކީ އުފެދުމުގައިވެސް ބާތިލް ގާނޫނެއްގެ މައްޗަށް އިލެކުޝަން ކޮމިޝަނުން ނިންމި ނިންމުމެއް ކަމަށެވެ.

މޫސަ ބުނީ ވަކި އިންތިހާބ ދާއިރާއަކަށް ފިރިހެނުންނަށް ވާދަ ނުކުރެވޭނެއޭ ބުނުމަކީ ގާނޫނު އަސާސީއަށް އުރެދުން ކަމަށެވެ.

އޭނާ ބުނީ ހުރިހާ ރަށެއްގެ ކައުންސިލަށް ވާދަ ކުރުމުގެ ފުރުސަތު އެދާއިރާއެއްގެ ފިރިހެނުންނަށް އޮވެފައި ބައެއް ސިޓީ ކައުންސިލް ހިމެނޭ ދާއިރާ ތަކުގެ ފިރިހެނުންނަށް ވާދަ ނުކުރެވުމަކީ ތަފާތުކުރުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ އެ ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒުގައި ބޭއްވި ހަފްލާއެއްގައި ވަނީ މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ދާއިރާތަކުގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ގޮނޑިތައް ވަނީ ގުރުއަތުން ނަގައިފައެވެ.

މާލެ ސިޓީގެ ޖުމްލަ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކޮށްފައިވާއިރު، އައްޑޫގެ ޖުމްލަ 12 ދާއިރާގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވަނީ ހަތަރު ދާއިރާއެކެވެ. އަދި ފުވައްމުލަކުގެ ޖުމްލަ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ހާއްސަކޮށް، މިރޭ ވަނީ އިއުލާން ކޮށްފައެވެ.

އައްޑޫސިޓީން އަންހެނުންނަށް ހާއްސަކުރެވުނު ގޮނޑިތައް:

1- އައްޑޫ ސިޓީ ދާއިރާ 3 (ހިތަދޫ)

2- އައްޑޫ ސިޓީ ދާއިރާ 6 (ހިތަދޫ)

3- އައްޑޫ ސިޓީ ދާއިރާ 8 (މަރަދޫ ފޭދޫ)

4- އައްޑޫ ސިޓީ ދާއިރާ 12 (މީދޫ)

މާލެސިޓީން އަންހެނުންނަށް ހާއްސަކުރެވުނު ގޮނޑިތައް:

1- މާލެ ސިޓީ ދާއިރާ 2

2- މާލެ ސިޓީ ދާއިރާ 4

3- މާލެ ސިޓީ ދާއިރާ 9

4- މާލެ ސިޓީ ދާއިރާ 12

5- މާލެ ސިޓީ ދާއިރާ 14

6- މާލެ ސިޓީ ދާއިރާ 18

ފުވައްމުލަކު ސިޓީން އަންހެނުންނަށް ހާއްސަކުރެވުނު ގޮނޑިތައް:

1- ފުވައްމުލަކި ސިޓީ ދާއިރާ 1

2- ފުވައްމުލަކި ސިޓީ ދާއިރާ 4

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ދާދިފަހުން ގެނައި އިސްލާހުގައި ބުނެފައިވަނީ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަންވާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.